އައްޑޫ ސިޓީ ހިތަދޫގެ ގެއަކުން މިއަދު މަރުވެފައި އޮއްވާ ފެނުނު ދެމަފިރިންގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މަރުވެފައި އޮއްވައި ފެނުނީ ކުރޭނުގެ، އިބްރާހީމް އަބްދުﷲ (60އ)އާއި ނާރެސް، ފަރަހަނާޒް ރަޝީދު (52އ) ކަމަށެވެ.
އަދި އެ މައްސަލައިގައި މިހާތަނަށް ބެލިބެލުމުން، ތުހުމަތު ކުރެވޭ ކަމެއް ފާހަގަވެފައިނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



