ދަރިވަރެއްގެ ގައިގައި އަތްލައި އިންޒާރުދިން ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އުތުރުގެ ރަށެއްގައި ދަރިވަރެއްގެ ގައިގައި އަތްލައި އެ ކުއްޖާއަށް އިންޒާރުދިން ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ބިދޭސީ ޓީޗަރު ދަރިވަރެއްގެ ގައިގައި އަތްލައި، ދަރިވަރަކާ ދައްކަން ނުޖެހޭ ފަދަ ވާހަކަތައް ދައްކާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި އެ ވާހަކަތައް ދެއްކުމުގެ އިތުރުން އެ ކުއްޖާއަށް ބިރުދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެގޮތުން މި މައްސަލައާ ގުޅިގެން މިއަދު 54 އަހަރުގެ އިންޑިއާ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.



