ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވި ”ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ“ ދަށުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން 16 މަސް ދުވަހުގެ ތެރޭގައި 74،282 ގަސް އިންދައިފިއެވެ.
ސްޓެލްކޯއިން މިކަމާ ގުޅޭގޮތުން މިއަދު އާންމު ކުރި އާދަހަމައިގައި ބުނެފައިވަނީ ސަރުކާރުގެ ”ފަސް އަހަރުން ފަސް މިލިއަން ގަސް“ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ފަށާފައިވާ ހަރަކާތުގައި، މިދިޔަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ޖުމްލަ 74،282 ގަސް އިންދާފައިވާ ކަމަށެވެ.
ސަރުކާރުން އަމާޒުކޮށްފައިވާ އަދަދަށް ވާސިލުވުމަށްޓަކައި ސްޓެލްކޯއިން ދެން ބާކީ އިންދަން ޖެހެނީ 425،718 ގަހެވެ.




