ހިތަށްފިނިވާ މަގުން ދުއްވަަފައިދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ”ދަ ކްލިނިކް“ ފާމަސީ ތެރެއަށް ވަދެއްޖެއެވެ.
މީސް މީޑިއާގައި ދައުރު ވަމުން އަންނަ ވީޑިޔޯ އަކުން ފެންނަގޮތުގައި އެ ސައިކަލު ގޮސް އަރާފައިވަނީ އެ ފާމަސީގެ ބިއްލޫރި ގަނޑަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ފާމަސީއެއްގެ ބިއްލޫރި ގަނޑެއްގައި ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު 13:04 ހާއިރު ލިބުމާއެކު ފުލުހުން އެ ސަރަހައްދުގައި ހަރާކާތްތެރިވި ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ މިހާތަނަށް ބެލިބެލުމުގައި މި އެކްސިޑެންޓު ހިނގަން މެދުވެރިވީ އެ ސައިކަލު އިތުރު ސައިކަލެއްގައި ޖެހި އެކްސިޓެންޑުވުމުން، މަޑު ކުރަން އުޅުމުގެ ތެރޭގައި މުއްގަނޑަށް ހިފާލެވިގެން ކޮންޓްރޯލް ނުވެގެން ގޮސް ކަމަށެވެ.
އެ އެކްސިޑެންޓުގައި ބިއްލޫރި ގަނޑުގައި ޖެހުން ސައިކަލު ދުއްވަން އިން މީހަކާގެ އިންގިލި ކަނޑައިގެން ގޮސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.



