އިދިކޮޅު އެމްޑީޕީން މިރޭ ލައިވް ކުރަމުންދިޔަ ހަރުގޭ ބައްދަލުވުމެއްގައި، އެ ޕާޓީގެ އެކްޓިވިސްޓަކު މަސްތުގެހާލަތުގައި އިނދެ ވާހަކަ ދައްކައިފިއެވެ.
ޒުވާން ފިރިހެނަކު، އޭނާގެ އަތަށް މައިކު ލިބުމުން ވާހަކަ ދެއްކި ގޮތުންނާއި އޭނާގެ އަމަލުތައް ހުރިގޮތުން، ހުރީ މަސްތުގެ ހާލަތުގައިކަން ވަރަށް ބޮަޑަށް ހާމަވެއެވެ. މި ކަންތައް ދައްކުވައިދޭ ވީޑިއޯ ކްލިޕެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި، ކުރީ ސަފުގައި އިތުރު ހަތަރު މީހަކާ އެކީގައި އެމީހާ އިންއިރު، ފުރަތަމަވެސް މައިކް ލިބުމުން އޭނާ ހިނިގަނޑެއް ޖަހާލުމަށްފަހު ބުނެފައިވަނީ ”މައިކް ލިބިއްޖެ ދޯ“ އޭ އެވެ.
އޭގެ ފަހުން އޭނާވަނީ މިއަދު ރައްޓެއްސަކާ ދިމާވެގެން، މުޒާހަރާއަށް ދިޔަ މީހުންގެ މަދު ވާހަކަ ދެއްކި ކަމަށް ބުނެފައެވެ.
ނަމަވެސް ވާހަކައިގެ މެދުތެރެއިން ”ޝިޔާމް“ ކިޔާ މީހަކަށް ގޮވާލުމަށްފަހު އޭނާ އެދިފައިވަނީ ”ދަޅެއް“ ދިނުމަށެވެ.
އޭނާގެ ހަރަކާތްތަށް ހުރިގޮތުން އެވަގުތު އެތަނުގައި ތިބި އެހެން މީހުން އެމީހާގެ އަތުން މައިކް އަލުން އަތުލަން އުޅުނުކަން ފާހަގަވެއެވެ. ނަމަވެސް މައިކް ދޭން އިންކާރު ކުރުމަށްފަހު އޭނާ ބުނީ އޭނާއަށް މައިކް ލިބުނީ ދެންމެ ކަމަށެވެ.
އެއަށްފަހު ކުރިން އޭނާ ގޮވި ”ޝިޔާމްބެ“ އެމީހާ އަތަށް ދަޅެއް ދޭ މަންޒަރު ފެނެއެވެ. ދަޅު ދިނުމުން އޭނާ ބުނީ އޭނާ ހަގީގަތުގައި އެތަނަށް ދިޔައީ ”ޝިޔާމްބެ އާ އެކީ ރާޒުވާ ކުޅެން“ ކަމަށާއި އެތަނަށް ވާހަކަ ދައްކަން އަރަން ނޫން ކަމަށެވެ. އަދި އޭނާއަކީ އާޓިސްޓެއް ކަމަށް ބުނާ މަންޒަރާއި ފަހުން މައިކް ދީފައި އެތަނުންދާ މަންޒަރުވެސް ފެނެއެވެ.
އިދިކޮޅު އެމްޑީޕީގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާ މީހުން ގިނަ ކަމުގެ އަޑުތަކެއް އަބަދުވެސް ދަނީ ފެތުރެމުންނެވެ.





1 Comment
މިއަދުވެސް ވެރިކަމުގަ ތިޔަ އެމްޑީޕީ އޮތްނަމަ މި ނޫހަކުން އަދި އެމްވީ ކްރައިސިސްގަވެސް ތިޔަ ހަބަރު ނުޖެހީސް. އަދި އެމްޑީޕީ ޑިފެންޑްކުރީސް. މިވަރުގެ ދެފުއްކެހެރި އަދި ފިތިފަތިބި ނޫސްތައް މިއުޅެނީ.