ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ރަނުގެ އަގު އަނެއްކާވެސް އުފުލިއްޖެއެވެ.
ރަނުގެ އަގު އުފުލިފައި ވަނީ ރަޝިއާގެ ތެޔޮ ކުންފުނިތައް ކަމަށްވާ ރޮސްނެފްޓް އާއި ލުކޮއިލް އާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެންނެވެ.
އެމެރިކާގައި ޑިސެމްބަރު މަހު ރަނުގެ އަގު ވަނީ 96.74 ޑޮލަރު ނުވަތަ 2.4 ޕަސެންޓް އިތުރުވެ، ނިއު ޔޯކުގެ ކޮމެކްސްގައި ވަނީ 4،162.14 ޑޮލަރަށް އަރާފައެވެ.
އަދި ދުނިޔޭގެ ގޯލްޑް ބުލިއަން ޓްރޭޑްތައް ރަމްޒުކޮށްދޭ ރަނުގެ އަގު ވަނީ 42.04 ޑޮލަރު ނުވަތަ 1 ޕަސެންޓް އުފުލި، 4،140.62 ޑޮލަރަށް އަރާފައެވެ.
އެމެރިކާގެ ޓްރެޜަރީ އިން ރޮސްނެފްޓް އާއި ލުކޮއިލްއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަނުގެ އަގު ވަނީ އުފުލިފައެވެ. އަދި ތެލުގެ އަގުވެސް ވަނީ ފަސް ޕަސެންޓް އުފުލިފަ އެވެ.



