ޓްރާންސްޕޯޓު މިނިސްޓްރީން ކުރިއަށްގެންދިޔަ ކަނޑު އުޅަނދު ސާވޭ ކުރުމުގެ މަސައްކަތް ކުރާ ސާވެޔަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް 38 ކައުންސިލަކުން ފުރިހަމަކޮށްފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މި މަހުގެ 19 އިން 23 ހަމައަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ 38 ކައުންސިލަކުން އެ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ޕްރޮގްރާމުގެ ސަބަބުން ރަށްރަށުން ކަނޑު އުޅަނދުފަހަރު ސާވޭކޮށް ސެޓްފިކެޓް ދިނުމަށް ފަސޭހަވެގެން ދާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއީ ރަށްރަށުގެ ކަނޑު އުޅަނދުފަހަރުތަކުގައި، އެ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ކަންކަން ހުރިތޯ ބަލައި، ސެޓްފިކެޓު ދިނުމުގެ ކުރިން ބަލަންޖެހޭ އެންމެހާ ކަންކަން ދެނެގަތުމަށް މީހުން ތަމްރީނުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.



