އައްޑު އަތޮޅުގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމާ ގުޅޭގޮތުން އާންމުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓުލުން މިހާރު ކުރިއަށްދާއިރު، މިހާތަނަށް ވޯޓުލާފައިވާ މީހުންގެ އަދަދު މަދުކަން ފާހަގަ ވެއްޖެއެވެ.
އައްޑޫގެ ތިން ރަށެއްގައި އޮންނަ މި ވޯޓަކީ، އެ ރަށްރަށުގައި ވަކި ރަށު ކައުންސިލެއް ހެދުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓެކެވެ. އެގޮތުން މި ވޯޓު އޮންނަނީ ފޭދޫގެ އިތުރުން އެ އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގައެވެ.
މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފަށާފައިވާއިރު ލ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކުރި އެންމެފަހުގެ ތަފްސީލަށް ބަލާއިރު، 11:00 އާ ހަމައަށް ވޯޓު ލާފައިވަނީ 534 އަންހެނުންނާއި 655 ފިރިހެނުންނެވެ. އެއީ ޖުމްލަ 1189 މީހުންނެވެ.
ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 9576 މީހުންނަށެވެ. އޭގެ ތެރެއިން 8387 މީހުން އަދިވެސް ވޯޓު ނުލައެވެ. އެއީ 87.58 އިންސައްތަ މީހުންނެވެ.
މި ވޯޓުލުން ކުރިއަށް ދާނީ މިއަދު ހަވީރު 4:00 އާ ހަމައަށެވެ.




