އައްޑު އަތޮޅުގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމާ ގުޅޭގޮތުން އާންމުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓުލުން ނިމެން ގާތްވެފައިވާއިރު، 6166 މީހުން އަދިވެސް ވޯޓުނުލާކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
އައްޑޫގެ ތިން ރަށެއްގައި އޮންނަ މި ވޯޓަކީ، އެ ރަށްރަށުގައި ވަކި ރަށު ކައުންސިލެއް ހެދުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓެކެވެ. އެގޮތުން މި ވޯޓު އޮންނަނީ ފޭދޫގެ އިތުރުން އެ އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގައެވެ.
މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފަށާފައިވާއިރު އީސީން އާންމުކުރި އެންމެފަހުގެ ތަފްސީލުން ދައްކާ ގޮތުގައި، 15:00 އާ ހަމައަށް ވޯޓު ލާފައިވަނީ 1715 އަންހެނުންނާއި 1695 ފިރިހެނުންނެވެ. އެއީ ޖުމްލަ 3410 މީހުންނެވެ.
ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 9576 މީހުންނަށެވެ. އޭގެ ތެރެއިން 6166 މީހުން އަދިވެސް ވޯޓު ނުލައެވެ. އެއީ 64.39 އިންސައްތަ މީހުންނެވެ.
މި ވޯޓުލުން ކުރިއަށް ދާނީ މިއަދު 16:00 އާ ހަމައަށެވެ.



