ރާއްޖޭގައި ކުރިމަގުގައި ކުރެވޭ ބޯހިމެނުންތަކަކީ ޑިޖިޓަލްކޮށް ކުރެވޭކަމަކަށް ހެދުމަށްޓަކައި އެސެސްމެންޓެއްގެ އިތުރުން މަގު ޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ.
ބޯހިމެނުމުގެ މަސައްކަތްތައް ޑިޖިޓަލް ކުރުމަށްޓަކައި އެމްބީއެސް އިން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްބީއެސްގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވިދާޅުވީ، ރަޖިސްޓަރތައް ތަރައްޤީވާ މިންވަރަކުން ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކަށް ބަދަލުތައް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ރާއްޖޭގައި ކުރިމަގުގައި ކުރެވޭ ބޯހިމެނުންތަކަކީ ހައިބްރިޑްކޮށް ކުރެވޭނެކަމަކަށް ހެދުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުން. އެގޮތުން ރަޖިސްޓަރތައް ތަރައްޤީވާ މިންވަރަކުން ދޮރުން ދޮރަށް ގޮސް މައުލޫމާތު ދޭ މިންވަރަކުން ކުރެވި، ޑިކްޓޭޓަރ ފަދަ އަލްޓަނޭޓިވް ސޯސްތައް ބޭނުންކޮށްގެން ބޯހިމެނުމުގެ ޑޭޓަރގެ ކޮލިޓީ ދެނެގަނެ އިތުރަށް ފެންވަރު ރަނގަޅުކޮށް، އޭގެ ސަބަބުން ދުރު ރާސްތާގައި މިކަމަށް ކުރެވޭ ހޭދަ ކުޑަކުރެވޭނެ.“ އައިޝަތު ހަސަން ވިދާޅުވިއެވެ.




