ޅ. އޮޅުވެލިފުށީގައި ފެނަކައިން އިމާރާތްކުރާ ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު އޮޅުވެލިފުއްޓަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތުގައި އޮޅުވެލިފުށީގައި ޤާއިމްކުރާ ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕީގެ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުއެވެ.
ކީރިތި ޤުރާއާނާއިބެހޭ މަރުކަޒު އުފެދުނީއްސުރެ، ޤުރުއާނުގެ އިލްމު ރާއްޖޭގައި ފެތުރުމަށް ތަފާތު މަސައްކަތް އަންނަނީ ކުރަމުންނެއެވެ. ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެއްވުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެއެވެ.



