ޅ. އަތޮޅު މަދަރުސާގެ މަލްޓި-ޕާޕަސް ހޯލު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ހޯލު ހުޅުވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުރެންދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
އެގޮތުން ޅ. އަތޮޅު މަދަރުސާގެ މަލްޓި-ޕާޕަސް ހޯލު ރަސްމީކޮށް ހުޅުވުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ރަސްމިއްޔާތުގައި ޅ. އަތޮޅު މަދަރުސާގެ މަލްޓި-ޕާޕަސް ހޯލު ހުޅުއްވާދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢިލް ޝަފީޢުއެވެ.
މި ހޯލު ހުޅުއްވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ރަށު ސްކޫލާއި މަލްޓި-ޕާޕަސް ހޯލްވެސް ބައްލަވާލައްވާފައެވެ.
އެ ރަސްމިއްޔާތުގައި ކުރެންދޫ ދާއިރާގެ މެމްބަރުގެ އިތުުރުން އެ ރަށު ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގަތެވެ.



