ކާނާގެ ޔަގީންކަން ކަށަވަރު ކުރަން ކ. ކާށިދޫން އެއް ހެކްޓަރުގެ ބިން ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. އަތޮޅުގެ ރަށްތަކަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ކާށިދޫ އަށް ވަޑައިގަތުމުން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއް ގައެވެ.
އެ ރަސްމިއްޔާތުގައި ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ.
ކާށިދޫ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރުއެވެ.


