ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދީ 41 މީހުން ޝަހީދު ކޮށްލުމުން، ސުލްހަވެރިއެއް ކަމަށް ދައުވާކުރާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލަށް ތައުރީފުކޮށްފިއެވެ.
ޣައްޒާއާ ދެކޮޅަށް އިސްރާއީލު ކުރަމުންގެންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ގޮންޖެހުމަށްފަހު ރޭ އިސްރާއީލުން ވަރަށް ވަރުގަދަ ހަމަލާތަކެއް ޣައްޒާގެ މަދަނީ ތަންތަނަށްދީ އާންމުންގެ 41 އަށް ވުރެ ގިނަމީހުން ޝަހީދު ކޮށްލާފައެވެ.
އިޒްރޭލުން ރޭގައި ވަނީ ޣައްޒާގެ ރަފްހު، ޚާން ޔޫނުސް އަދި މަވާސީއަށް ވައިގެމަގުންނާއި ކަނޑުގެ މަގުން ގިނަ ހަމަލާތަކެއްދީ 41 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް 50 އަށް ވުރެގިނަމީހުން ޒަޚަމްކޮށްލާފައިވާ ކަމުގައެވެ. ޝަހީދުކޮށްލި މީހުންގެ ތެރޭގައި 17 ކުޑަކުދިން ވެސް ހިމެނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކަށް ތައުރީފް ކުރައްވައި އެއީ ހައްގު ހަމަލާތަކެއްކަމަށް ބުނެފައެވެ.
އ.ދ އިން ދޭ ސުލްހައިގެ އެވޯޑު ނުލިބުމުން ވަރަށް ބޮޑަށް ކޯފާއިސްކުރެއްވި ޓްރަމްޕް އާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވަނީ، ހަމާސްގެ ސުލޫކު ހުރިގޮތުން ބަދަލު ހިފުމަކީ އިޒްރޭލުގެ ހައްގެއް ކަމަށެވެ. އެހެންކަމުން އެ ހައްގުގެ ބޭނުން ކުރީ ކަމުގައި ޓްރަމްޕް ބުންޏެވެ.




