މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރާއްޖެއަށް ގެންނަ 18 އެމްބިއުލޭންސެއްގެ އިންސްޕެކްޝަން ދުބާއީގައި ފުރިހަމަ ކޮށްފިއެވެ.
ރާއްޖެއަށް އައު އެމްބިއުލޭންސް ގެނައުމަށް އެމްޕީއެލްއާ ސަރުކާރުން ހަވާލު ކޮށްފައިވަނީ މިއަހަރު ކުރީކޮޅުގައެވެ.
އެގޮތުން މުޅިއަކު 56 އެމްބިއުލޭންސް ގެނައުމަށް ހަވާލުކޮށްފައިވާ ކަމަށާއި އޭގެތެރެއިން 18 އެމްބިއުލޭންސެއްގެ އިންސްޕެކްޝަން ދުބާއީ ގައި މިހާރު ފުރިހަމަ ކޮށްފައިވާ ކަމަށް އެމްޕީއެލް އިން ރޭގައި ހާމަކޮށްފައިވެއެވެ.

މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ އެމްޕީއެލްއާ ހެލްތު މިނިސްޓްރީގެ އޮފިޝަލުން ހިމެނޭ ޓީމަކުން ކަމުގައި ވެސް ބުނެފައިވެއެވެ.



