މަސްތުވާތަކެތި އެތެރެކުރާ ބޯޓުތަކަށް އެމެރިކާ ސިފައިން ދިން ހަމަލާތަކުގައި 14 މީހުން މަރުވެއްޖެއެވެ.
އެމެރިކާގެ ޑިޕާޓްމެންޓް އޮފް ވޯރ އިން ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރާ އުޅަނދަކަށް ވަރުގަދަ ހަމަލާއެއް ދީފައެވެ.
ޔޫއެސް ވޯރ ސެކްރެޓަރީ ޕީޓް ހެގްސްތް މިދިޔަ ބުދަ ދުވަހު ބުނީ ޕެސިފިކް ކަނޑުގައި މަސްތުވާތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތު ކުރެވޭ 4 ބޯޓަކަށް އެމެރިކާ އިން ހަމަލާދީފައިވާ ކަމަށެވެ.
އަދި އެ ހަމަލާތަކުގައި 14 މީހުން މަރުވެފައިވާ ކަމަށް ހެގްސެތް ބުނެފައި ވެއެވެ.
އެމެރިކާގެ ރައްޔިތުންނަށް ގެއްލުން ދިނުމުގެ ގޮތުން މަސްތުވާތަކެތި އެތެރެކުރާ ޓެރަރިސްޓުން ޓްރެކްކޮށް އެ މީހުނަށް ހަމަލާދޭނެ ކަމަށް ހެގްސެތް ވަނީ ވިދާޅުވެފައެވެ.
އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ބޯޓުތަކުގައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ.
ވައިޓް ހައުސް އިން ސިފަކުރާ ގޮތުގައި މި ހަމަލާތަކަކީ ޕެސިފިކް އަދި ކެރީބިއަން ކަނޑުގެ މަގުން އެމެރިކާއަށް ކަނޑުގެ ޒަރީއާއިން މަސްތުވާތަކެތި އެތެރެވިޔަ ނުދިނުމަށް ކުރަމުންދާ މަސައްކަތެކެވެ.



