ނުކުޅެދުންތެރިކަން ހުންނަ ފަލަސްތީނުގެ ފިރިހެން ކުއްޖަކު އިޒްރޭލު ސިފައިން ހައްޔަރު ކޮށްފިއެވެ.
އޯޓިޒަމް ހުންނަ ފަލަސްތީނުގެ ފިރިހެން ކުއްޖަކު އިޒްރޭލުން ހައްޔަރުކޮށްފައި ވަނީ މީގެ ދެ ހަފްތާ ކުރިންނެވެ.
ރިޕޯޓުތައް ބުނާ ގޮތުން އިޒްރޭލުގެ އިންޓާނަލް ސެކިއުރިޓީ ސާވިސްގެ ޝިން ބެޓާއި ފުލުހުން ވަނީ މީގެ ދެ ހަފުތާ ކުރިން އުމުރުން 14 އަހަރުގެ އެ ކުއްޖާ ހައްޔަރުކޮށްފައެވެ.
އިޒްރޭލުގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެއްގައި ދިރިއުޅެމުންދިޔަ އެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އާއިލާއާ ބައްދަލު ކުރަން އުޅުމުގެ ތެރޭގައެވެ.
އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ކުއްޖާގެ ނަމާއި އޭނާ ހައްޔަރު ކުރި ގޮތުގެ ތަފްސީލް ހާމަކުރުން މަނާކޮށްފަ އެވެ.
އޭނާގެ މަންމަ އަދި ގާނޫނީ ވަކީލު
އިޒްރޭލުން އޭނާގެ ދަރިފުޅު އަތުލައިގަތުމަށް ދިން ހަމަލާ ކިޔައިދެމުން އޭނާ ބުނީ ފަތިސްވުމުގެ ކުރިން އިސްރާއީލު ސިފައިން އެ މީހުންގެ ގެއަށް ވަދެފައިވާ ކަމަށެވެ.
”އެމީހުން ކުދިންގެ ކޮޓަރިއަށް ވަދެ ރައިފަލު އަމާޒުކޮށް ހަމައެކަނި އަތުލީ އެންމެންގެ ފޯނާއި ކޮމްޕިއުޓަރުތައް،“ އޭނާ ބުނެފައި ވެއެވެ.
އިޒްރޭލު ސިފައިން ނުކުޅެދުންތެރިކަން ހުންނަ އެ ކުއްޖާ ހައްޔަރުކުރިފަހުން މިހާރު ވަނީ ހަތަރު ފަހަރެއްގެ މަތިން ޓެލްއަވީވްގެ ދެކުނުގައި އޮންނަ ބާޓް ޔަމް ސިޓީގެ ޖުވެނައިލް ކޯޓަށް ހާޒިރުކޮށްފައެވެ.


