ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކަން ތައްޔާރުވާތީ އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އެޗްޑީސީން އަންގައިފިއެވެ.
އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ހުޅުމާލެ ފެސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާތީ އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގާފައެވެ.
އެގޮތުން މި އަންނަ މަހުގެ 6 ވަނަ ދުވަހުގެ ކުރިން އެ ސަރަހައްދުގައި މަސައްކަތްކުރުމަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް ނެގުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ އެ ސަރަހައްދުން ނަގާ އުޅަނދުތައް ބޭރުތޮށީގައި އެޅުމުގެ ފުރުސަތު ދީފައިވާނޭ ކަމަށެވެ.
އަދި ފޭސް 3 ގެ ބިން ހިއްކުމަށް އެޗްޑީސީން މި މަސައްކަތަށް އެއްބާރުލުން ދިނުމަށް އެދޭކަމަށެވެ.




