ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 8އިން މިއަދު ހެނދުނު މީހަކު ވެއްޓި ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ، ހިޔާ ޓަވަރު 8 އިން މީހަކު ވެއްޓިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:32 ހާއިރު ލިބިފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެމީހާ ވެއްޓިފައިވަނީ ހިޔާ ޓަވަރު 8 ގެ 14 ވަނަ ފަންގިފިލާއިންނެވެ.
ވެއްޓިފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ހާދިސާ ހިނގުމުން އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ވަގުތުން ގެންދިޔަ ކަމަށާއި ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



