މޯލްޑިވްސް އިމިގްރޭޝަނުން 70 މުވައްޒަފުން ވަޒީފާއަށް ނެގުމަށް މިއަދު ފެށި ވޯކް-އިން އިންޓަވިއު ކުރިއަށް އެބަދެއެވެ.
މި އިންޓަވިއު ކުރިއަށްދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސަލާހުއްދީން ސްކޫލުގައެވެ.
މިއަދު ހެނދުނު 8:30 ގައި ފަށާފައިވާ މި ވޯކް-އިން އިންޓަވިއު ހަވީރު 4:30 އާ ހަމައަށް ކުރިއަށް ދާނެއެވެ.
މި އިންޓަވިއުގައި މިއަދު ފުރަތަމަ ކުރިއަށްދަނީ ސްކްރީން ކުރުމުގެ މަރުހަލާ އެވެ. އެ މަރުހަލާގައި ފުރަތަމަ ބަލަނީ ޝަރުތު ހަމަވޭތޯ އެވެ. އަދި ޝަރުތު ހަމަވާނަމަ އިންޓަވިއުގައި ބައިވެރިވުމަށް ކިޔު ނަންބަރު ދޫކުރެއެވެ. އިންޓަވިއު އަށްފަހު، ހޮވޭ ފަރާތްތަކަށް ދެނީ އިމްތިހާނެކެވެ.
މި މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ މައިގަނޑުގޮތުގައި ހުންނަންޖެހޭ ޝަރުތުތަކަކީ:
° ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނަކުން ދެ މާއްދާއިން ދަށް ވެގެން ޑީ ގްރޭޑް ލިބިފައިވުން
° ސާނަވީ ނުވަތަ މަތީ ސާނަވީގެ ދިވެހި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން
° ނުވަތަ، ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން
° އުމުރުން 30 އަހަރުވެފައި ނުވުން



