އައްޑޫ ސިޓީއަށް އިއްޔެ ދިމާވި ކަރަންޓުގެ މައްސަލަ ފެނަކައިން ހައްލުކޮށް، އަލުން އެ ހިދުމަަތް ދޭން ފަށައިފިއެވެ.
ފެނަކައިން މިކަމާ ބެހޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީއަށް ކަރަންޓު ދެމުން އަންނަ ބޮޑު އެއް ޖެނެރޭޓަރަށް ދިމާާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ސިޓީން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ކަމަށާއި އެ މައްސަލަ ދެނެގަތުމަށް ފެނަކައިގެ މުވައްޒަފުން މަސައްކަތް ފެށި ކަމަށެވެ.
އެ މަސައްކަތުން، އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ހައްލުކޮށް މިހާރު އެ ސިޓީގެ ހުރިހާ ރަށްތަކަށް ވެސް ހިދުމަތް ދޭން ފަށާފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
އައްޑީ ސިޓީގައި ދެމުން އަންނަ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ފެނަކައިން ހުއްޓާ ނުލައި ކުރިއަށްގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައެވެ.




