ޤާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން އުވާލި ލޭބަރ ޕާޓީ އަލުން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފިއެވެ.
އީސީން އެ ޕާޓީ އުވާލީ 2023 ވަނަ އަހަރުއެވެ.
އީސީން ލޭބަރ ޕާޓީ އުވާލި އިރު ޕާޓީގެ ދަފްތަރުގައި ތިބީ 2556 މެންބަރުންނެވެ.
ސިވިލް ކޯޓުން މިދިޔަ ހަފްތާގައި ވަނީ އެޕާޓީ އުވާލުމަށް ނިންމި ނިންމުން ބާތިލު ކޮށްފައެވެ.
އެހެންކަމުން އެ ހުކުމާއި ގުޅިގެން އީސީން އެ ޕާޓީ އިއާދަކުރި އިރު އެޕާޓީގައި ތިބީ 1874 މެންބަރުންނެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ.
އީސީގެ ދަފުތަރުގައި މިހާރު އޮންނަ ޕާޓީތަކަކީ ޕީއެންސީ، އެމްޑީޕީ، އަދާލަތު ޕާޓީ، ޖޭޕީ، އެމްޑީއޭ، އެމްއެންޕީ، ޕީއެންއެފް، ދަ ޑިމޮކްރެޓްސް އަދި އެމްއެލްއެސްޑީޕީ އެވެ.



