ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށް، އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ މައުލޫމާތު ހިމަނައިގެން ތަރައްގީކުރި އެ ކަލަންޑަރުގައިވާގޮތުން އަންނަ އަހަރުން ފެށިގެން ދިރާސީ އައު އަހަރު ދެން ފަށާނީ ޖެނުއަރީ މަހު އެވެ.
ޑިޖިޓަލައިޒްކޮށް އަލަށް އެ ކުލަވާލި އެ ދިރާސީ ކަލަންޑަރުގައި ސްކޫލް ދުވަސްތަކާއި ބަންދު ދުވަސްތަކާއި އިމްތިހާނު ދުވަސްތަކުގެ އިތުރުން ރަސްމީ ބަންދު ދުވަސްތައް ވެސް ވަނީ ވަކިން ފަސޭހައިން ބެލޭ ގޮތަށް ހިމަނާފައެވެ.
ހަމައެހެންމެ ޓާމްތަކުގެ ދުވަސްތައްވެސް ވަކިން އެނގޭނެހެން ވަނީ އާންމުކޮށްފައެވެ.

އެ ކަލަންޑަރުގައިވާގޮތުން އަންނަ އަހަރުގެ ދިރާސީ އަހަރުގެ، ކިޔެވުން ފެށޭނީ އަންނަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ. ފުރަތަމަ ޓާމުގެ މިޑް ބްރޭކް އޮންނާނީ މެއި މަހުގެ 24 އިން 30 އަށެވެ. އަދި ފުރަތަމަ ޓާމު ނިމި ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓް 1 އަށެވެ.
މީގެ އިތުރުން ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 2 ވަނަ ދުވަހު އެވެ. އަދި ދެވަނަ ޓާމުގެ މިޑް ބްރޭކް ލިބޭނީ ސެޕްޓެމްބަރު 13 އިން 19 އަށެވެ. ހަމައެހެންމެ އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން ޖެނުއަރީ 12 އަށެވެ.