މުހިންމު މަސައްކަތެއް ކުރާތީ މާދަމާ މާލޭގެ ދެ ސަރަހައްދަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ލޮނުޒިޔާރަތް މަގު، ރަތްވިލާ މަގު އަދި ހިތިގަސް މަގު ހިމެނޭ ސަރަޙައްދުން މާދަމާ ހެނދުނު 09:30 އާއި 11:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި މާލެ ސިޓީ، އިސްކަންދަރު މަގު އަދި ބަޑިފަސްގަނޑު މަގު ހިމެނޭ ސަރަޙައްދުން މާދަމާ މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި ސްޓެލްކޯއިން ބުންޏެވެ.



