ފުވައްމުލައް ސިޓީގައި ތަރައްޤީކުރާ ކުނި މެނޭޖްކުރާ ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތް ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލައް ސިޓީއާއި، އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައީސްގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށް މިއަދު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން އެ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރުގެ ބިންގާ ވަނީ އަޅާފައެވެ.
ކުނި މެނޭޖުކުރާ ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ، މިނިސްޓަރ އޮފް ޕަބްލިކް ވާކްސް އާދަމް ޝަރީފް ޢުމަރުއެވެ.
އެ ސެންޓަރުގެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އާއެވެ.



