ފުވައްމުލައް ސިޓީގައި ޓޫރިސްޓު ހޮޓަލަކާއި އިކޯ ޓޫރިޒަމް މަޝްރޫއެއް ހިންގަން އެމްއޭސީއެލާއި ހަވާލުކޮށްފިއެވެ.
އެ މަސައްކަތް އެމްއޭސީއެލާއި ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގަ އެވެ.
އެގޮތުން އެ ޖަލްސާގެ ތެރެެއިން ވަނީ އެމްއޭސީއެލް އާއެކު ޓޫރިޒަމް މިނިސްޓްރީން އެ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.
އެމްްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ނަޝާތު ރަޝީދެވެ.



