އައްޑޫ ސިޓީ ހުޅުމީދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ތަރައްގީ ކުރުމުގެ މަސައްކަތް ވެމްކޯ އިން މިއަދު ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ އައްޑޫ ހުޅުމީދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މަޢިއްޒު މިއަދު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަސައްކަތް ހުޅުމީދޫގައި ފައްޓަވާދެއްވީ ސިޓީސް އެންޑް ލޮކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފު އުމަރާއި ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ މުޖުތަބާ ޖަލީލް އެވެ.
ފުވައްމުލަކާއި އައްޑޫ ސިޓީއަށް އިއްޔެ ރައީސް މުޢިއްޒު ފައްޓަވާފައިމިވާ ދަތުރުފުޅުގެ ތެރެއިން އެ ރަށްރަށުގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން އެ ރަށްރަށުގެ ކައުންސިލު މެންބަރުންނާއި ރައްޔިތުންނާ ރައީސް ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.



