އައްޑޫ ސިޓީ ހިތަދޫ ފުލެޓަކުން އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނިގޮތުގައި އެ ކުއްޖާ ވެއްޓިފައިވަނީ ހިތަދޫ 14ވަނަ ފުލެޓުގެ ދެވަނަ ފަންގިފިލާއިންނެވެ.
މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ ދަންވަރު 12:00 ހާއިރުކަމަށް ފުލުހުން ބުނެފައިވެއެވެ.
ކުއްޖާ ވެއްޓުމާ ގުޅިގެން އޭނާއަށް އެ ކުއްޖާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުންޏެވެ. އަދި ކުއްޖާގެ ހާލު މިހާރު ސްޓޭބަލް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




