ނިއު ޔޯކުގެ މޭޔަރު ކަމަށް، ޒަހްރާން މަމްދާނީ އިންތިހާބުވުމުނަ، އެމެރިކާގެ ސިޔާދަތު ގެއްލިފައިވާ ކަމަށް އެ ޤައުމުގެ ރައީސަ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވެ، ނުރުހުންފާޅު ކޮށްފައި މިވަނީ، އެމެރިކާއަށް ހިޖަރަކުރާ މީހުންނާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ޓްރަމްޕު ގެންގުޅުއްވާއިރު، އެ ގައުމުގެ އެންމެ ވަރުގަދަ ސިޓީގެ މޭޔަރުކަން ހިޖުރަވެރިއަކަށް ލިބުމުން ކަމަށް ބެލެވޭ ކަމުގައި ބައެއް ރިޕޯޓުތަކުން ބުނެއެވެ.
އެގޮތުން ޓްރަމްޕު ވިދާޅުވެފައިވަނީ، މަމްދާނީގެ މޭޔަރުކަމުގައި ނިއު ޔޯކް ސިޓީ، ކޮމިއުނިސްޓު ސިޓީއަކަށް ބަދަލުވާނެ ކަމަށެވެ.
އެމެރިކާއަށް ހިޖުރަކުރި، ޝިއައީ މުސްލިމެއް ކަމަށްވާ މަމްދާނީގެ ކާމިޔާބީއަށް ފަހު ޓްރަމްޕު ދެއްވި ތަގުރީރެއްގައި ވިދާޅުވީ ނިއު ޔޯކްގެ ކޮމިއުނިޒަމަށް ފިލަންދާ މީހުންނަށް ހިމާޔަތް ލިބޭ ސިޓީއަކަށް ދެން ވާނީ ފްލޮރިޑާ ކަމަށެވެ.
”އެމެރިކާ ރައްޔިތުން ގޮތެއް ނިންމުމުގައި ވަކި މިއަށްވުރެ ސާފުކޮށް ހަގީގަތް ފެންނާކަށް ނެތް. މިއީ ކޮމިއުނިޒަމާއި ހަމަ ބުއްދީގެ ތެރެއިން ގޮތެއް އިހްތިޔާރުކުރުން،“ ޓަރަމްޕް ވިދާޅުވިއެވެ.




