ގދ. ފިޔޯރީ މަސް ފެކްޓްރީ ޤާއިމްކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ރާއްޖޭގެ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ސޮއިކުރުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި، ގދ. ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ މަސް ފެކްޓްރީ މަޝްރޫޢު ފެށުމަށްޓަކައި ބޭނުންވާ 6.5 ހެކްޓަރުގެ ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތް ކުރުމަށްޓަކައި، ސެން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ގދ. ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ މަސް ފެކްޓްރީއަކީ އެ ރަށާއި ވަށައިގެންވާ ސަރަހައްދުތަކުގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ބޭނުންވާ 6.5 ހެކްޓަރުގެ ބިން ހިއްކައި، ފެކްޓްރީއަށް ބޭނުންވާ ބަނދަރު ހެދުމުގެ މަސައްކަތް ސެން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުންނެވެ.
ފިޔޯރީ މަސް ފެކްޓްރީގެ ސަބަބުން މަސްވެރިންނަށް އެކަށީގެންވާ އަގުގައި މަސް ގަންނަން ލިބުމާއި، އާ ވަޒީފާގެ ފުރުޞަތުތައް އުފެދި، ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ހާލަތު ރަނގަޅުވެގެން ދާނެއެވެ.




