ލުބްނާނަށް އިޒްރޭލުން ދޭ ހަމަލާތައް އިތުރުކޮށްފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލުބްނާނުގެ ދެކުނުގައި ހުންނަ ހިޒްބުالله ޖަމާއަތުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލު އަސްކަރިއްޔާއިން ވަނީ ވައިގެ ހަމަލާތަކެއް ދޭން ފަށާފައެވެ.
އަލްޖަޒީރާ އިން ބުނި ގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއިން ހަމަލާ ދިނީ ހިޒްބުالله ޖަމާއަތުގެ ކޮންސްޓްރަކްޝަން ޔުނިޓުގެ މެމްބަރުންނަށް އަމާޒުކޮށެވެ.
ލުބްނާނުގެ ނޭޝަނަލް ނިއުސް އޭޖެންސީން ބުނީ އިޒްރޭލުން ވައިގެ ހަމަލާތައް ދީފައި ވަނީ ޓައިރް ސަރަހައްދުގެ ތޫރާ އާއި އަބްބާސިޔާ ޓައުން ކައިރި ސަރަހައްދުތަކަށް ކަމަށެވެ.
އަދި އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓެއް ބެއިރޫތުގެ ދެކުނުގެ އަވަށްތަކަށް ވުރެ ތިރި އުސްމިނެއްގައި އުދުހެމުން ދިޔަ ކަމަށް ވެސް ރިޕޯޓުކޮށްފައި ވެއެވެ.
ރިޕޯޓުތައް ބުނާގޮތުނަ މި ހަމަލާތައް ދީފައި ވަނީ އިޒްރޭލާއެކު ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދަން ހިޒްބުالله ޖަމާއަތުން ދެކޮޅު ހެދުމާ ގުޅިގެންނެވެ.



