ހުޅުމާލޭގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ހުޅުމާލޭ ލޮޓް ނަންބަރ 1016 ފުރަގަހުގައި ހުރި އިމާރާތެއްގައި ރޯވެގެން ހުޅުމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އަލިފާން ރޯވެފައިވަނީ ދެ ލޮޓް ދޭތެރޭ ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މިހާރު އަލިފާންގަނޑު ކޮންޓްރޯލު ކުރެވިފައި ކަމަށާއި އެއްވެސް މީހަކަށް މި ހާދިސާގައި ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.


