ހުޅުމާލެ ސެންޓްރަލް ޕާކުގައި ”އައިލަވް އެޗްއެމްއެލް“ގެ ނަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެއަށް ހާއްސަ މޮނިއުމަންޓެއް ބަހައްޓައިފިއެވެ.
އެ މޮނިއުމެންޓް ހުޅުވައިދެއްވީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރެވެ.
އެޗްޑީސީން ބުނީ މި މޮނިއުމަންޓަކީ ހުޅުމާލެއަކީ ޑެސްޓިނޭޝަން ތަނެއްގެ ގޮތުގައި މާކެޓް ކުރުމަށް ބެހެއްޓި މޮނިއުމަންޓެއް ކަމަށެވެ.
އަދި ކުރިއަށް އޮތްތަނުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުޅުމާލެ ރަމްޒުކޮށްދޭ ގޮތަށް މޮނިއުމަންޓްތައް ބަހައްޓާނެ ކަމަށް އެޗްޑީސީން ހާމަކޮށްފައި ވެެއެވެ.
އެގޮތުން ”އައިލަވް ހުޅުމާލޭ“ގެ އިތުރުން ”މަގޭ ހުޅުމާލެ“ގެ އެކި ކަހަލަ މޮނިއުމެންޓްތައް ބެހެއްޓުމަށް އެޗްޑީސީން ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ.
ހުޅުމާލެއަކީ، ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.




