ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހޯދަން އިއުލާނުކޮށްފައި ވަނީ ފުނަދޫ / ޖަނަވަރީމާގެ، އިބްރާހީމް ނާފިޛު (42އ) އެވެ.
ފުލުހުން މިއަދު ބުނީ ގދ. މަޑަވެލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އޭނާއަށް ފުލުހުން ވަނީ އަންގައި އިއުލާނުކޮށްފައެވެ.
ފުލުހުން ބުނީ އޭނާ ފުލުހަށް ހާޒިރުކުރަނީ އެ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ.
އެގޮތުން ފުލުހުން ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ 14:00 ކުރިން ގދ. މަޑަވެލީ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގާފައެވެ.



