މޯލްޑިވްސް 2.0ގެ ދަށުން އިމިގްރޭޝަންގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
އެ ޚިދުމަތްތައް ތައާރަފްކުރުމަށް ބާސެލޯ ނަސަންދުރައިގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އެގޮތުން އެ ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ އައު މޯބައިލް އެޕްލިކޭޝަނާއި ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން އަދި ”އީ-ވިޒާ“ ވަނީ ތަޢާރަފްކޮށްފައެވެ.
އެ ރަސްމިއްޔާތުގައި އިމިގްރޭޝަނުން މުޅިން އަލަށް ތަޢާރަފުކުރާ ”އީ-ވިޒާ“ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ އައު މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަޞީޙުއެވެ.
ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން ”އެމް އައިޑީ ޗެކަރ“ އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު ޢަލީ އިޙްސާނެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޚާއްސަ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.



