ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން ރާއްޖެއަށް ފެންހިންދާ ޕަމްޕްތަކެއް ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތުގަައި، ފެންހިންދާ ޕަމްޕްތައް ހަވާލުކޮށްދެއްވީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ލިއު ޝިޔައޮޑާއެވެ. އަދި ރާއްޖޭގެ ފަރާތުން މި ޕަމްޕްތަކާއި ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫނެވެ.

މި ރަސްމިއްޔާތުގައި ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޒިިއަންހުއަރވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޗައިނާއިން ހަދިޔާކުރި ފެންހިންދާ ޕަމްޕަތަކާއެކު ކާރީސާގެ ވަގުތުތަކުގައި، ވަކިން ޚާއްސަކޮށް ވިއްސާރަވެ ފެންބޮޑުވެގެން ހިނގާ ޙާދިސާތަކުގައި، ފެން ހިންދުމުގެ މަސައްކަތްތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ސަރުކާރުން ފާހަގަކުރެއެވެ.




