އައްޑޫ ސިޓީ ހިތަދޫ މިސްކިތަކަށް ގެންލުންތަކެއްދީފި ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް ”އެކްސް“ ގައި ރޭގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ޢުމަރު ފާރޫޤު މިސްކިތަށް ގެއްލުންދިން މައްސަލަ ބަލައި ތަޙްގީގު ކުރައްވާނެ ކަމަށާއި ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ މައްސަލަ ބަލައި އިދާރާތަކާއި ގުޅިގެން މަސައްކަތްތައް ފަށާފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިސްކިތަށް ގެންލުންދިން ބަޔަކު ވަނީ މިސްކިތުގައި ހުރި ގޮނޑިތަކާއި މުޞްހަފްތައް އުކާލައި އަދި މުޞްހަފްތަކަށް ފެން ވެސް އަޅާފަ ކަމަށް މަޢުލޫމާތު ލިބެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ ހިތަދޫގެ މިސްކިތުގައި ހުރި ބައެއް ތަކެއްޗަށާއި މިސްކިތަށް ގެއްލުން ދީފައިވާ މައްސަލަ އިއްޔެ ހަވީރު 5:40 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




