ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށް 2241 މީހުން ރަޖިސްޓްރީއާ ހަވާލުވެއްޖެ ކަމަށް ހައުސިންގް މިނިސްޓްރީން ހާމަކޮށްފިއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފެށީ، މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު ގައެވެ.
ހައުސިންގް މިނިސްޓްރީން ވަނީ ގުޅީފަޅުން ގޯތިލިބުނު ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީއާ ހަވާލުވުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް ހުށައެޅުމުގެ ފުރުސަތު މި ހިނގާ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހާ ހަމައަށް ދީފައެވެ.
ގުޅީފަޅުން 3548 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު އެ މިނިސްޓްރީން ބުނީ، އިއްޔެއާ ހަމައަށް 2241 މީހަކާ ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށެވެ. ރަޖިސްޓްރީތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.



