މިދިޔަ މަހު މާލެއިން 119 ސައިކަލު ވަގަށް ނަގައިފައިވާ ކަމަށާއި އެއީ އޭގެ ކުރީ މަހަށްވުރެ އިތުރު އަދަދެއް ކަމަށް، ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ވަގަށް ނެގި ކަމަށް ބުނެ ރިޕޯޓުކުރި 119 ސައިކަލު ތެރޭގައި ހިމެނެނީ ހޮންޑާ ވޭވް/ސްކޫޓަރސް، ހޮންޑާ ޕީސީއެކްސް، ހޮންޑާ އެއާ ބްލޭޑް އަދި ޔަމަހާ އެމްއެކްސް މޮޑެލްގެ ސައިކަލުތަކެވެ.
މިދިޔަ އޮކްޓޯބަރު މަހު މާލެއިން ގެއްލިގެން ރިޕޯޓުކުރި 110 ސައިކަލު ފުލުހުން ވަނީ ހޯދާފައެވެ. އެއީ އެ މަހު ރިޕޯޓުކުރި ސައިކަލުތަކުގެ ތެރެއިން 92.4 އިންސައްތަ ކަމަށްވާއިރު އެ ސައިކަލުތަކުގެ އަގު ހަތަރު މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިދިޔަ މަހުގެ ތެރޭ މާލޭ ޕޮލިސް ކޮމާންޑަށް ތަކެތި ގެއްލިގެން ރިޕޯޓުކުރި މައްސަލަތަކާ ގުޅިގެން، ފަސް މިލިއަނެއްހާ ރުފިޔާއަށް އަގުއަރާ މުދާ ހޯދައިފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނައިން ހޯދާފައި ވަނީ ސައިކަލެވެ.




