އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ބައިނަލްއަގުވަމީ ކޯޓުތަކުން އުފުލާފައިވާ ދައުވާއަކީ ސިޔާސީ އަދި ނުހައްގުން އުފުލާފައިވާ ދައުވާތަކެއް ކަމަށް ބުނެ، ނަތަންޔާހޫއަށް މާފުކުރަން އެދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ރައީސް އިއްސާގް ހަރްޒޮގްއަށް ރަސްމީ ސިޓީއެއް ފޮނުވައިފިއެވެ.
ޓްރަމްޕް ފޮނުއްވި އެ ސިޓީގައި ވަނީ، ޣައްޒާގެ އެތައްހާސް ކުޑަކުދިންނާއި ކުށެއް ނެތް ރައްޔިތުން ޝަހީދުކޮށްލި ހަނގުރާމައިގައި ނަތަންޔާހޫގެ ލީޑާޝިޕް ރަނގަޅުކަމަށް ބުނެ ތައުރީފުވެސް ކޮށްފިއެވެ.
ނަމަވެސް އެ ހަނގުރާމައަކީ ޣައްޒާގެ ނަސްލު ނައްތާލުމުގެ ގޮތުން ޔަހޫދީ އިޒްރޭލުން ކުރި ހަނގުރާމައެއް ކަމަށް ބުނެ، އ.ދ އިން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޓްރަމްޕް ފޮނުވި ސިޓީގައި އިތުރަށް ބުނެފައިވަނީ، ހަނގުރާމައިގެ ވަގުތުގައި ހިތްވަރުގަދަ އަދި ނަތީޖާ ނެރުނު ބޮޑުވަޒީރެއްގެ ގޮތުގައި މަސައްކަތްކޮށް އަދި ”މިހާރު އިޒްރޭލު ސުލްހައަށް ސުލްހައަށް ގެންދާ“ ބެންޖަމިން ނަތަންޔާހޫއަށް ފުރިހަމައަށް މައާފު ދިނުމަށް ގޮވާލައި ކަމަށެވެ.
އަބަދުވެސް ނަތަންޔާހޫގެ ދިފާއުގައި ވާހަކަ ދައްކައި އެމެރިކާގެ ރައީސް ވަނީ، ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ މައްސަލަ ނިމުމަކަށް ގެނައުމަށް، މިދިޔަ މަހު އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ގޮވާލާފައެވެ.



