އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ”ހެލްތު އެކްސްޕޯ 2025“ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފިއެވެ.
މިއީ ހެލްތު މިނިސްޓްެރީން އިސްނަގައިގެން ކުރިއަށްގެންދާ ޚާއްސަ އެކްސްޕޯއެކެވެ.
މި އެކްސްޕޯއަކީ ”ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި“ މި ޝިއާރުގެ ދަށުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
”ހެލްތު އެކްސްޕޯ 2025“ ކުރިއަށްދާނީ މި މަހުގެ 13، 15 އަދި 16 ވަނަ ދުވަހުއެވެ.
މި އެކްސްޕޯއާ ބެހޭގޮތުން ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް މީގެ ކުރިން ވިދާޅުވީ ހެލްތު އެކްސްޕޯ 2025އަކީ، މިއީ މި ސަރުކާރަށް 2 އަހަރު ފުރޭ މުނާސަބަތުގައި ބާއްވާ އެކްސްޕޯއެއް ކަމަށެވެ.
”50 އަށްވުރެ ގިނަ ޕާޓިސިޕެންޓްސް މިފަހަރު އަޅުގަނޑުމެންގެ މި އެކްސްޕޯގައި ވަނީ ބައިވެރިވެފައި. އޭގެތެރޭގައި އެންޖިއޯސް، އޯގަނައިޒޭޝަންސް، ހޮސްޕިޓަލްސް، ކްލިނިކްސްތަކާއި މީގެއިތުރުން ހެލްތުގެ ދާއިރާގައި މަސައްކަތްކުރައްވާ ހަމަ ވަރަށް ގިނަ ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުމާއި ޝާމިލްވުން މީގަ އެކުވެގެންދޭ“.މިނިސްޓަރު ވިދާޅުވިއެވެ.



