ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ބަޔަކު މިސްކިތެއްގައި ރޯކޮށްލައިފިއެވެ.
އަލިފާން ރޯކޮށްލާފައި ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ވަޒަންވެރިންތަކެއް ދިރިއުޅޭ ސަރަހައްދެއްގައި ހުރި މިސްކިތެއްގައެވެ.
އާންމުވެފައިވާ ފޮޓޯތަކުން އެ މިސްކިތުގައައި ރޯކޮށްލުމުގެ ސަބަބުން މަރާމާތުނުކޮށް އަލުން އެތަން ބޭނުންނުކުރެވޭ ވަރަށް ބޮޑެތި ގެއްލުންވެފައިވާތަން ފެނެއެވެ.
ފަލަސްތީނުގެ މިނިސްޓްރީ އޮފް އައުޤާފް އެންޑް ރިލީޖިއަސް އެފެއާޒުން ބުނީ ހުޅަނގު އައްސޭރީގެ އުތުރުގެ ސަލްފިޓްގައި ހުންނަ ހައްޖާ ހާމިދާ މިސްކިތަށް ވަޒަންވެރިން ހަމަލާދީފައިވާ ކަމަށެވެ.
އަދި އެއީ ”ނަފްރަތުގެ ސަބަބުން ހިންގި ބޮޑު ޖަރީމާއެއް ކަމަށާއި އެއީ މުސްލިމުންގެ އިހުސާސްތަކަށް ފާޅުކަން ބޮޑުގޮތެއްގައި ކުރި އަނިޔާއެއް“ ކަމަށެވެ.
ފަލަސްތީނުގައި ދިރިއުޅޭ މުސްލިމުންގެ މުދަލަށާއި މިސްކިތްތަކަށް ކޮންމެ ދުވަހަކު ހަމަލާދެމުން އަންނަ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އަދި މިއީ އެކަންކަން އިތުރުވެފައިވާ ދަނޑިވަޅެއްކަންވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މި އަނިޔާވެރިކަން ކުށްވެރިކޮށް ހަމާސް ޖަމާއަތުން ވެސް ފާހަގަކުރީ ޒަޔަނިސްޓުން މުސްލިމުންގެ މިސްކިތްތަކަށް ގެއްލުންދީ ހައްގުތަކާ ހިލާފުވެފައިވާ ކަމަށެވެ.
މީގެ އިތުރުން އެފަދަ އަނިޔާވެރިކަމާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން އަވަސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހަމާސް އިން ގޮވާލާފައި ވެއެވެ.



