މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ، ސަރުކާރު ހިންގާ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ ބޮޑު ޖަލްސާއާ ގުޅިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.
”ދިވެހީންގެރާއްޖެ“ ގެ ނަމުގައި މިރޭ 8:30 ގައި ފަށާ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ފުލުހުން މިއަދު ”އެކްސް“ ގައި ބުނެފައިވަނީ މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތަކާ ގުޅިގެން މިއަދުގެ 18:00 އިން ފެށިގެން ހަރަކާތް ނިމެންދެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެވޭނެ ކަމަށެވެ.

ޕީއެންސީން ބާއްވާ މި ބޮޑު ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ފާއިތުވީ ދެ ދުވަހުން ފެށިގެން ވަނީ މާލެ އަންނަން ފަށާފަައެވެ.
މ8 ޖަލްސާ އަކީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވަމުންދާ ދެ އަހަރު ދުވަހުގެ ތެރޭގައި ޤައުމަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި، ގެނެސްދެއްވި ތަރައްޤީގެ އަގުވަޒަންކޮށް އެކަން ފާހަގަ ކުރުމަށް ބާއްވާ ޖަލްސާ އެއް ކަމަށް ޕީއެންސީ އިން ވަނީ ބުނެފައެވެ.


