މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ، ސަރުކާރު ހިންގާ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ ބޮޑު ޖަލްސާގައި ބައިވެރިވުމަށް ފ. ނިލަންދޫން 200 އެއްހާ މީހުން މާލެ އަތުވެއްޖެއެވެ.
”ދިވެހީންގެރާއްޖެ“ ގެ ނަމުގައި މިރޭ 8:30 ގައި ފަށާ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ނިލަންދޫގެ އިތުރުން އެ އަތޮޅު ބިލެތްދޫ އަދި ފީއަލިން ވެސް ގިނަ ބަޔަކު ވަނީ މި ޖަލްސާގައި ބައިވެރިވުމަށް މިއަދު މާލެ އައިސްފައެވެ. މީގެއިތުރުން ބ. އޭދަފުށި، ތ. ވިލުފުށި ށ. ކޮމަންޑޫ ފަދަ ރަށްރަށުން ވެސް މީހުން މިއަދު މާލެ އައިސްފައިވެއެވެ.
ޕީއެންސީން ބާއްވާ މި ބޮޑު ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ފާއިތުވީ ދެ ދުވަހުން ފެށިގެން ވަނީ މާލެ އަންނަން ފަށާފަައެވެ.
މ8 ޖަލްސާ އަކީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވަމުންދާ ދެ އަހަރު ދުވަހުގެ ތެރޭގައި ޤައުމަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި، ގެނެސްދެއްވި ތަރައްޤީގެ އަގުވަޒަންކޮށް އެކަން ފާހަގަ ކުރުމަށް ބާއްވާ ޖަލްސާ އެއް ކަމަށް ޕީއެންސީ އިން ވަނީ ބުނެފައެވެ.




