ހުޅުމާލެ ފޭސް ދޭއް ސަރަހައްދުގައި ހުންނަ ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ފަރުކޮޅުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަަޔަރފައިޓަރުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ މިއަދު 13:00 ހާއިރު ކަމަށެވެ.
މި ހާދިސާ ހިނގާފައި ވަނީ ރިސޯޓެއްގޮތަށް ހިންގިއިރު ފަރުކޮޅުގައި ކުރިން ބޭނުންކުރަމުން އައި ރޫމްތަކުގައެވެ. އެ އިމާރާތް މިހާރު ވަނީ ބާވެ، ވީރާނާވެފައެވެ.


