މިއަހަރުގެ މިހާތަނަށް އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަަކަށް 117 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އެސްއެމްއީ ޑިޖިޓަލުން ހާމަކޮށްފިއެވެ.
އެގޮތުން މިހާތަނަށް އެންމެ ގިނަ އަދަދަކަށް ލޯން ދޫކޮށްފައިވަނީ ރަށު ފަތުރު ލޯނު ސްކީމުގެ ދަަށުންކަމަށް ވެސް ހާމަކޮށްފައިވެއެވެ.
އެސްއެމްއީ ޑިޖިޓަލްއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިއަަހަރުގެ މިހާތަނަށް 573 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ. އެއީ މުޅި ޖުމްލަ 335،524،928 (ތިންސަތޭކަ ތިރީސް ފަސްމިލިޔަން ފަސްލައްކަ ސައުވީސް ހާސް ނުވަސަތޭކަ އަށާވީސް ރުފިޔާ) އެވެ.
އެގޮތުން އަަހަރުގެ މިހާތަނަށް އެ ކުންފުނިން ވަނީ 223 ފަރާތަކަށް މުޅި ޖުމްލަ 117،843،773 (ސަތޭކަ ސަތާރަ މިލިޔަން އަށްލައްކަ ސާޅީސް ތިންހާސް ހަތްސަތޭކަ ހައްދިހަ ތިން ރުފިޔާ) ދޫކޮށްފައެވެ. އަދި މިދިޔަ އަހަރު އެ ކުންފުނިން ވަނީ 350 ފަރާތަކަށް މުޅި ޖުމްލަ 217،681،155 (ދުއިސައްތަ ސަތާރަ މިލިޔަން ހަލައްކަ އަށްޑިހަ އެއްހާސް އެއްސަތޭކަ ފަންސާސްފަސް ރުފިޔާ) ދޫކޮށްފައެވެ.
އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެސްއެމްއީ ޑިޖިޓަލުން 117 މިލިޔަން ރުފިޔަ ދޫކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ރަށު ފަތުރު ލޯނު ސްކީމުގެ ދަަށުންނެވެ.



