ކުރީގެ ސަރުކާރުން ހިންގި ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ މައްސަލަ އެކަމަށް ހާއްސަ ކޮމިޓީން ބަލަމުން އަންނަ ކަމަށާއި އެ މަސައްކަތް އަދި ނުނިމޭ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ”އަދަދު“ އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފްލެޓް ލިސްޓު އެކުލަވައިލުމާއި ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އެކަމަށް ކަނޑައަޅާފައިވާ މިނިވަން ފްލެޓު ކޮމިޓީން ކުރަމުން އަންނަ ކަމަށެވެ.
”އަޅުގަނޑުމެން ފްލެޓު މައްސަލަ ބަލަން ކަނޑައަޅާފަވާ މިނިވަން ކޮމިޓީން އެ މަސައްކަތް ކުރަމުން އަންނަނީ. އަޅުގަނޑުމެން އެއްވެސް ޕްރެޝަރެއް ނުކުރަން،“ މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.
ކުރީ ސަރުކާރުން އިއުލާނުކުރި ލިސްޓުގެ ބޮޑު ޕަސެންޓެއްގެ މީހުން ޝަރުތު ހަމަނުވާ ކަމަށް އޭސީސީއިން އިއުލާނުކުރީ ފެބްރުއަރީ 5، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ



