ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް މަރުގެ ހުކުމް އެކަށީގެންވާ ކަމަށް އޭނާގެ ދަރިކަލުން ވެސް ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގެ ދަރިވަރުންތަކެއް އިސްވެ ނިކުމެ، ހަސީނާގެ ވެރިކަން ވައްޓާލީ މިދިޔަ އަހަރު އޯގަސްޓް މަސް ތެރޭގައެވެ. އޭގެފަހުން އެ ޤައުމުގައި ވެރިކަން ކުރަނީ ވަގުތީ ސަރުކާރަކުންނެވެ. އަދި ހަސީނާ ވަނީ އިސްތިއުފާ ދިނުމަަށްފަހު، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު އަވަށްޓެރި އިންޑިއާއަަށް ސިއްރިއްޔާތުގައި ފިލާފައެވެ.
ބަންގްލަދޭޝްގެ 227 މީހުން މަރާލުމުގެ ”ލައިސެންސް“ އޭނާގެ އަތުގައި މިހާރު އޮތް ކަމަށް ހަސީނާ ބުނެފައިވާ ފޯނުު ރެކޯޑިންގެއް ވަނީ ލީކުވެފައެވެ. ބަންގްލަދޭޝް ސަރުކާރުގެ ތަހުގީގީ އިދާރާތަކުން ވަނީ އެ ރެކޯޑިންގަކީ އަސްލު ރެކޯޑިންގެއްކަން ކަށަވަރުކޮށްދީފައެެވެ.
ޝައިހް ހަސީނާގެ މައްޗަށް އުފުލާފައިވާ، އިންސާނިއްޔަތާ ދެކޮޅަށް ހިންގި ބޮޑެތި ޖަރީމާތަކުގެ ދައުވާތަކުގެ ހުކުމް މި މަހުގެ 13 ވަނަ ދުވަހު (މާދަމާ) އިއްވާގޮތަށް ނިންމީ މިދިޔަ އޮގަސްޓް މަހުގައެވެ.
އުފުލާފައިވާއިރު، އޭގެ ތެރޭގައި ސަރުކާރާ ދެކޮޅު މީހުން މެރުން ނުހުއްޓުވުމުގެ ކުށް ހިމެނެއެވެ. މިއީ ބަންގްލާދޭޝްގެ ގާނޫނުގައި އިންސާނިއްޔަތާ ހިލާފު ޖަރީމާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުށެކެވެ. މުޒާހަރާގެ ތެރޭގައި ހިންގި މަރާލުންތަކުގެ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ، ހަސީނާއަށް މަރުގެ އަދަބު ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.
އދ. އިން އަންދާޒާކުރާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި އާއި އޯގަސްޓް މަހާ ދެމެދު ބަންގްލާދޭޝްގައި 1،400 މީހަކު މަރާލާފައިވެ އެވެ.



