ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް މާލެ ސަރަހައްދުން ސަރުކާރުން ދޫކުރަން ތައްޔާރުވަމުން އަންނަ ފްލެޓާއި ގޯއްޗަށް ވެސް ކުރިމަތިލެވޭނީ މާލޭގައި 15 އަހަރަށް ވުރެ ދިގު މުއްދަތެއް މެދުނުކެނޑި އުޅުމުން ކަމަށް އުސޫލުގައި ހިމަނައިފިއެވެ.
މި ސަރުކާރުން ކަނޑައެޅި ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތު އިފުތިތާހުކުރުމަށް ފަހު ރޭ ވަނީ ފްލެޓާއި ގޯތި ދޫކުރުމުގެ އުސޫލު ގެޒެޓުކޮށްފަ އެވެ. ފްލެޓު ދޫކުރުމުގެ އުސޫލުގައިވާ ގޮތުން އެކަމަށް ކުރިމަތިލުމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ތިން ކަމެކެވެ. އެއީ އުމުރުން 18 އަހަރުވުމާއި ދިވެހި ރައްޔިތަކަށް ވުމުގެ އިތުރުން މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރުވެފައިވުމެވެ.
މުއްދަތު ގުނުމުގައި މުއްދަތު ގުނުމުގައި ނުބަލާނެ ކަންކަން:
– ވަޒީފާ ދޭ ފަރާތުގެ ނިންމުމަކަށް ނުވަތަ ވަޒީފާގެ ޒިންމާއެއް އަދާކުރުމަށް މާލެއިން ބޭރުގައި ހުންނަން ޖެހުން.
– ތައުލީމު ހާސިލު ކުރުމަށް ނުވަތަ ސިއްހީ ފަރުވާއަށް ނުވަތަ އެހެން ޒަރޫރީ ސަބަބަކާހުރެ މާލެއިން ބޭރުގައި އެކަށީގެންވާ މުއްދަތަކަށް ހުންނަން ޖެހުން.
– މާލެއިން ބޭރުގައި ހުރި މުއްދަތުގައި އެޕްލިކަންޓުގެ އާއިލާ، މާލޭގައި ނުވަތަ ގްރޭޓާ މާލޭ ސަރަހައްދުގައި ދިރިއުޅެމުން ގެންދިއުން.



