މި ސަރުކާރަށް 104 ހަފްތާ އިއްޔެ ފުރިފައިވާއިރު ވޭތުވެދިޔަ 2 އަހަރުތެރޭގައި އ.ދ އަތޮޅުގެ 8 ރަށެއްގައި އިތުރު 13 ޖެންސެޓް ސްޓެލްކޯއިން ބަހައްޓާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
ސްޓެލްކޯ އިން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވޭތުވެދިޔަ 2 އަހަރުތެރޭގައި އެ ކުންފުނިން އ.ދ އަތޮޅުގެ 8 ރަށެއްގައި އިތުރު 13 ޖެންސެޓް ބަހައްޓާފައިވާ ކަމަށާއި އޭގެތެރެއިން 6 ޖެންސެޓަކީ މުޅިން އައު ޖެންސެޓު ކަމަށެވެ.
”މި 13 ޖެންސެޓާއިއެކު މި 8 ރަށަށް ޖުމްލަ 3.7 މެގަވޮޓްގެ ކެޕޭސިޓީ ވަނީ އިތުރުކުރެވިފައި“ ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ވޭތުވެދިޔަ 2 އަހަރު ތެރޭގައި އ.ދ އަތޮޅުގައި ޖެންސެޓު ބަހައްޓާފައިވާ ރަށްތަކަކީ:
° އ.ދ ދަނގެތި : 400 ކިލޯވޮޓް އަދި 200 ކިލޯވޮޓްގެ ޖެންސެޓެއް (400 ކިލޯވޮޓްގެ ޖެންސެޓަކީ މުޅިން އައު ޖެންސެޓެއް)
° އދ. ދިއްދޫ : 140 ކިލޯވޮޓް އަދި 80 ކިލޯވޮޓްގެ ޖެންސެޓެއް (140 ކިލޯވޮޓްގެ ޖެންސެޓަކީ މުޅިން އައު ޖެންސެޓެއް)
° އދ. ދިގުރަށް : 600 ކިލޯވޮޓް އަދި 320 ކިލޯވޮޓްގެ ޖެންސެޓެއް (600 ކިލޯވޮޓްގެ ޖެންސެޓަކީ މުޅިން އައު ޖެންސެޓެއް)
° އދ. ފެންފުށި : 300 ކިލޯވޮޓްގެ ޖެންސެޓެއް (މުޅިން އައު ޖެންސެޓެއް)
° އދ. ކުނބުރުދޫ : 160 ކިލޯވޮޓްގެ ޖެންސެޓެއް
° އދ. މަހިބަދޫ : 600 ކިލޯވޮޓްގެ މުޅިން އައު ޖެންސެޓެއް
° އދ. މަންދޫ : 176 ކިލޯވޮޓްގެ 2 ޖެންސެޓު
° އދ. އޮމަދޫ : 400 ކިލޯވޮޓް އަދި 200 ކިލޯވޮޓްގެ ޖެންސެޓެއް (400 ކިލޯވޮޓްގެ ޖެންސެޓަކީ މުޅިން އައު ޖެންސެޓެއް)



